ads
ރާއްޖެއަށް މި އަހަރު އައި ދެ މިނިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިއުން
ޓޫރިސްޓުންގެ އެންމެ ބޮޑު ތަރުހީބެއް ކ. އަތޮޅަށް، ދެވަނައިގައި އދ. އަތޮޅު
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައި ވަނީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑިސެމްބަރު ތިންވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި 2.04 މިލިއަން ޓޫރިސްޓުންގެ ތެރެއިން 44.7 ޕަސަންޓު މީހުން ތިބީ ކ. އަތޮޅުގަ އެވެ. އެއީ އަދަދުގެ ގޮތުން ބަލާއިރު ގާތްގަނޑަކަށް ނުވަ ލައްކަ އެއްހާ ޓޫރިސްޓުންނެވެ.

ޓޫރިސްޓުންގެ މެދުގައި ދެ ވަނަ އަށް އެންމެ މަގުބޫލު ސަރަހައްދެއްގެ ގޮތުގައި ތަފާސްހިސާބުތަކުން ފާހަގަކުރެވިފައި ވަނީ އދ. އަތޮޅެވެ. އެ އަތޮޅަށް 1.7 ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރިއިރު، މިއީ ޖުމްލަ ޒިޔާރަތްކުރި މީހުންގެ 8.7 ޕަސަންޓެވެ. ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން ދިޔަ ރ. އަތޮޅަށް 7.9 ޕަސަންޓު މީހުން ޒިޔާރަތްކޮށްފައިވާއިރު، އއ. އަތޮޅުގައި 6.7 ޕަސަންޓު ޓޫރިސްޓުން ޗުއްޓީ ހޭދަކުރި އެވެ. އެންމެ މަދުން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ތ. އަތޮޅާއި ފ. އަތޮޅަށް ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ޓޫރިސްޓުން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އެގޮތުން 1.5 މިލިއަން މީހުން ރިސޯޓުތަކުގައި ތިބިއިރު، ގެސްޓްހައުސްތަކުގައި ހަތަރު ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ވެސް އެއް ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. ރާއްޖޭގައި މިވަގުތު 170 އަށް ވުރެ ގިނަ ރިސޯޓާއި، 950 އަށް ވުރެ ގިނަ ގެސްޓްހައުސްގެ އިތުރުން ގިނަ އަދަދެއްގެ ސަފާރީ އާއި ހޮޓާ ދަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް