ads
ރައްޔިތުންނާއެކު ޕޮޑުކާސްޓުފައި ރައީސް މުއިއްޒު
އާދިއްތަ ދުވަހުގެ ރޭ ރައީސް ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާނެ
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

 މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސް އަޑުއެއްސެވުމާއި، އެކި ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމެވެ. މި ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މީގެ ކުރިންވެސް ވަނީ މާލޭގެ އެހެން އަވަށްތަކުގެ މީހުންނާ ބައްދަލުކުރައްވާފައެވެ.

ކަލާފާނު ސްކޫލުގައި ބާއްވާ މި ބައްދަލުވުން އޮންނާނީ މާދަމާރޭ (އާދީއްތަ ދުވަހުގެ ރޭ) 8:30 ގައެވެ. ތަރުޖަމާނު ހީނާ ވަލީދު ވަނީ ހެންވޭރުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ހާޒިރުވުމަށް ދައުވަތު އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް