ads
ދޯހާ ފޯރަމް
ދޯހާ ފޯރަމް: މިނިސްޓަރު ހަލީލު ވިދާޅުވީ ހަމަޖެހުން ދެމެހެއްޓުމުގައި ރާއްޖެ އޮންނާނެ ކަމަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ގަތަރުގެ ދޯހާގައި ކުރިއަށްގެންދާ ދޯހާ ފޯރަމްގެ 23 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
Advertisement

މި އަހަރުގެ ފޯރަމްގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ޖަސްޓިސް އިން އެކްޝަން: ބިޔޯންޑް ޕްރޮމިސަސް ޓު ޕްރޮގްރެސް" މި މައުލޫ އެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ، އެކި ދާއިރާތަކުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒީ މަރުހަލާއަށް ގެނެސް އެކަން ކަމަށް އަމަލީ ސިފަ ގެނައުމުގެ މައްޗަށެވެ.

މި ފޯރަމްގައި މިނިސްޓަރު ހަލީލް ވިދާޅުވީ ބައިނަލްއަގްވާނީ ގާނޫނާއި އިންސާފުގެ ހަމަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ބެހޭ ރައުންޑް ޓޭބަލްއެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ފޯރަމްގެ ހަވާސާގައި އެކި ގައުމުތަކުގައި އިސް ފަރާތްތަކާއި ބައްދަލުކުރައްވައި ރާއްޖެއާއި ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

މި ފޯރަމްގައި މިނިސްޓަރު ހަލީލްގެ އަރިހުގައި ރާއްޖޭގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ ސެކްރެޓަރީ ހަދީޖާ ނަޖީހާ، ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާޖްޑް އެފެއާސް މުހައްމަދު ދީދީ، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމް އަދި ދެވަނަ ސެކްރެޓްރީ މުހައްމަދު ތަހްސީން އެވެ.

2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދޯހާ ފޯރަމަކީ، ދުނިޔެއަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފޯރަމެކެވެ.

މި އަހަރުގެ ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާއި، ވަޒީރުންނާއި، ލީޑަރުން އަދި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން، 150 ގައުމަކުން ބައިވެރި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް