ads
ހަ ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ރާއްޖެ ލިބުން
ވިދިވިދިގެން ހަ ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ރާއްޖެއަށް
ބަހުރެއިންގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ ހާއްސަ ހަފުލާގައި، ވިދިވިދިގެން ހަ ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ގެ ޝަރަފުވެރި އެވޯޑު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
Advertisement

ޓޫރިޒަމް ދާއިރާގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މި އެވޯޑު ރާއްޖެއިން ދިފާއުކުރުމަކީ، ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދޭ ކަމެކެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ވަނީ އެހެން ބޮޑެތި އެވޯޑުތަކެއް ވެސް ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި "ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން" އެވޯޑުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު ހާއްސަ އެވޯޑުތައް ހިމެނެއެވެ. މިގޮތުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން ވަނީ ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓުގެ އެވޯޑު ހާސިލްކޮށްފައެވެ. އަދި ވޯލްޑޯފް އެސްޓޯރިއާ އާއި، ވައްކަރު މޯލްޑިވްސްގެ އިތުރުން އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން ވަނީ ލަގްޒަރީ އަދި ޕްރައިވެޓް އައިލެންޑް ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ރާއްޖެއަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ލިބިފައި މިވަނީ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ. މިދިޔަ ނޮވެމްބަރު މަހު މިއަހަރުގެ ދެ މިލިއަން ވަނަ ޓޫރިސްޓު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އަހަރެއްގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ހަމަވި ދެވަނަ ފަހަރެވެ. މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަކީ އަމާޒެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް