ads
"މޯޓަލް ކޮމްބެޓް" ގެ ޝަންގް ސަންގްގެ ރޯލުން ފެންނަ ޓަގަވާ
"މޯޓަލް ކޮމްބެޓް" ގެ ޝަންގް ސަންގް ހެ ރޯލުން ފެންނަ ޓަގަވާ މަރުވެއްޖެ
މަޝްހޫރު ފިލްމު ފްރެންޗައިޒް "މޯޓަލް ކޮމްބެޓް" ގައި ޝަންގް ސަންގްގެ ރޯލު ކުޅެގެން ބޮޑު މަގުބޫލުކަމެއް ހޯދި ހޮލީވުޑްގެ އެކްޓަރު ކެރީ ހިރޮޔުކީ ޓަގަވާ މަރުވެއްޖެއެވެ.
Advertisement

ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށް، ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޓަގަވާ މަރުވީ އުމުރުން 75 އަހަރުގައެވެ.

ޓަގަވާ މަރުވެފައިވަނީ އެމެރިކާގެ ސަންޓާ ބާބަރާގައެވެ. އޭނާގެ މަރުގެ ހަބަރު ކަށަވަރުކޮށްދެމުން އޭނާގެ މަންދޫބަކު ބުނެފައިވަނީ، ޓަގަވާ މަރުވީ ސްޓްރޯކެއް ޖެހި، އޭގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ މަރުވިއިރު އާއިލާގެ މެމްބަރުން ވެސް ގާތުގައި ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓަގަވާގެ ފިލްމީ ހަޔާތް ފެށިގެން އައީ މަޝްހޫރު ޑައިރެކްޓަރު ބާނާޑޯ ބާޓޮލޫޗީގެ "ދަ ލާސްޓް އެމްޕެރާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމެއް ކަމަށްވާ "ލައިސަންސް ޓު ކިލް" ގައި ވިލަންއެއްގެ ރޯލު ކުޅެފައެވެ. މި ފިލްމުތަކުން އޭނާގެ ހުނަރު ދައްކާލައި، ހޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެން ދިޔައެވެ. އަދި އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ނުބައިބައި ރޯލުތައް ކުޅުމަށް ކުޅަދާނަ އެކްޓަރެއްގެ ގޮތުގައެވެ.

ފަހުގެ ތާރީހެއްގައި އޭނާ ފެނިގެން ގޮސްފައިވަނީ މަޝްހޫރު ސީރީޒް "ދަ މޭން އިން ދަ ހައި ކާސަލް" އިންނެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ފިލްމުތަކާއި ސީރީޒްތަކުގައި އޭނާ ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭނާ މަރުވުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް