ads
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާ ޝާހިދު ބައްދަލުކުރެއްވުން
މާލީ ގޮތުން ދަތި ވަގުތެއްގައި ސްކޫލު ޔުނިފޯމު ބަދަލުކުރާތީ ޝާހިދުގެ ކަންބޮޑުވުން
ދިވެހި އާއިލާތަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއްގައި، ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމު ބަދަލުކުރަން ނިންމުމަކީ ރައްޔިތުންނަށް އުފުލަން ޖެހޭނެ އިތުރު ބުރައެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

އާންމުންގެ ޖީބަށް ބާރުބޮޑުވާ ގޮތަށް މިދަނޑިވަޅުގައި މިފަދަ ނިންމުމެއް ނިންމުމުން އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ޝާހިދު ވަނީ ހާމަކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޔުނިފޯމަށް ބަދަލު ގެންނަން ނިންމިއިރު ބެލެނިވެރިންގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމުގެ ބަދަލުގައި، އޮޅުންއަރާ ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މިކަމުގައި "ސާފު މަގުސަދެއް އޮތް ކަމަށް ގަބޫލުކުރަން ދަތި،" ކަމަށް ވިދާޅުވެ، ކަންކަން ފޮރުވުމެއް ނެތި ހާމަކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އާ އުސޫލުގައިވާ ގޮތުން 2027 ވަނަ އަހަރުން ފެށިގެން ހުރިހާ ސްކޫލެއްގައި ވެސް ބޭނުންކުރާނީ އެއް ޑިޒައިނެއްގެ ޔުނިފޯމެކެވެ. އަދި އަންހެން ކުދިން ލާ ހެދުމަށް ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު، މިއީ ހަރަދު ބޮޑުވެގެންދާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މި މައްސަލައިގައި ޝާހިދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް