ads
ސިނގިރޭޓުތައް ނައްތައިލުން
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި މެންޗެސްޓާ ސިނގިރޭޓުތަކެއް އައްޑޫގައި ނައްތާލައިފި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ 'މެންޗެސްޓާ' ބްރޭންޑުގެ ސިނގިރޭޓުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އައްޑޫގައި ނައްތާލައިފިއެވެ.
Advertisement

މިއީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

މި ތަކެއްޗަކީ ރާއްޖެ އެތެރެކުރުމުގެ މިންގަނޑުތަކަށް ނުފެތޭތީ ހިފަހައްޓާފައިވާ ތަކެއްޗެވެ. އައްޑޫ ކަސްޓަމްސް ސަރަހައްދުގައި މި ތަކެތި ނައްތާލުން ކުރިއަށް ގެންދިޔައީ ކަމާބެހޭ އިދާރާތަކުގެ ހާޒިރުގައެވެ. މިގޮތުން ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ މިންގަނޑަށް ނުފެތޭ މުދާ ނައްތާލުމަށް އޮންނަ އިޖުރާއަތުގެ ތެރެއިންނެވެ.

ގަވާއިދާ ހިލާފަށް އެތެރެކުރާ މުދާ ހުއްޓުވުމަށާއި، ރާއްޖޭގެ ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަސްޓަމްސް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރާ މިފަދަ ތަކެތި ހިފަހައްޓައި، ގަވާއިދުން ނައްތާލުމުގެ މަސައްކަތް ކަސްޓަމްސްގެ އެކި އޮފީސްތަކުން ގެންދަނީ ކުރަމުންނެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް