މި ބައްދަލުވުން އޮތީ ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގައެވެ. މި ބައްދަލުވުމުގައި ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އޮފިޝަލުން ބައިވެރިވިއެވެ.
އެމެރިކާ އެމްބަސީން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި ސަފީރު ޔޯން ވަނީ ރާއްޖޭގައި އެމެރިކާގެ މަސްލަހަތާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި ގުޅުން ބަދަހިކުރަން ބޭނުންވާ ދައިރާތަކާއި މަޝްވަރާކޮށްފައިވާކަމަށެވެ.
އެމެރިކާއިން ރާއްޖެއަށް ހާއްސަ ސަފީރެއް ހަމަޖެއްސީ 2023 ވަނަ އަަހަރުގެ ސެޕްޓެމްބަރުމަހުގެ ހަވަނަ ދުވަހުއެވެ. އެގޮތުން އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.