ads
ރައީސް ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
ޖުޑީޝަރީ ހަގީގީ މިނިވަންކަމާއި އެކު މަސައްކަތް ކުރާ ތަނަކަށް ހަދަނާނަން: ރައީސް
ޖުޑީޝަރީ ހަގީގީ މިނިވަންކަމާއި އެކު މަސައްކަތް ކުރާ ތަނަކަށް ހައްދަވައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އިތުރަށް ވިދާޅުވީ މިކަން ކުރުމަށްޓަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަނަށް ބަދަލުގެނެސްގެން އެކަން ކުރަން މަގު ފަހި ކުރުމަށް ނިންމަވާފައިވާ ކަމުގައި އެވެ.

ރައީސް މިހެން ވިދާޅުވީ ރޭގައި ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޖުޑީޝަރީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތް ހިއްސާ ކޮށްދެއްވަމުންނެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. 

"ބަދަލު ހިފުމުގެ ރޫޙު އިސްކޮށް ސިޔާސީ އޮއިވަރުގެ ތެރެއިން ހިންގޭ އަނިޔާވެރި އަމަލުތަކަށް ޖާގަ ދިނުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫން.  ސިޔާސީ މީހެއް ހައްޔަރުކުރަން އެއްވެސް ފަނޑިޔާރަކަށް އަޅުގަނޑު ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން އެނގި ކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެ " ރައީސް ވިދާޅުވި އެވެ

ރައީސް ވަނީ ޖުޑީޝަރީގެ މިނިވަންކަމަށް ކުރަން ހުރި މަސައްކަތްތައް ވަކި ތަރުތީބެއްގެ ތެރެއިން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އެމަނިކުފާނު މިކަމުގައި އިޝާރަތް ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރެއްވުމުގެ މަސައްކަތަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް