ads
ކޮކޯ ބޮޑު ހިތި ރިސޯޓު ފޮޓޯ: ބުކިން.ކޮމް
ކައިރީ އޮންނަ ފަޅުތަކާއި ފިނޮޅުތައް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަމަޖެއްސޭ ގޮތަށް ބަދަލު
ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ވަށައިގެންވާ ފަޅުތަކާއި ފިނޮޅުތައް އަދި ރަށްތައް ހިމަނައިގެން، އެ ރިސޯޓެއްގެ ސަރަހައްދު 50 ހެކްޓަރަށް އިތުރުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
Advertisement

މިއީ ރިސޯޓުތަކުގެ ސަރަހައްދު ކުއްޔަށް ދިނުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް އިއްޔެ ގެޒެޓުކޮށްފައިވާ އުސޫލެކެވެ.

މި ގަވައިދުގެ ދަށުން ރިސޯޓުތަކުގެ އިން ވަކިކޮށްފައިވާ ސަރަހައްދު ބޮޑުކުރުމުގެ ފުރުސަތު ލިބޭނީ 250 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައިވާ ނުވަތަ ކުރަން ހުށަހަޅާ ފަރާތްތަކަށެވެ. ސަރަހައްދު އިތުރުކުރުމަށް ހުއްދަ ދެނީ ރިސޯޓުގެ މައި ހިކިފަސް ސަރަހައްދުން ފެށިގެން 1,000 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނޭ ތަންތަނަށެވެ. އެހެންނަމަވެސް، މިގޮތަށް އިތުރުކުރާ ސަރަހައްދުތަކުގައި އިމާރާތް ކުރުމާއި ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރުން މި އިސްލާހުގައި މަނާކޮށްފައިވެއެވެ.

ރިސޯޓުތަކުގެ ބައެއްގެ ގޮތުގައި އިތުރުކުރާ ސަރަހައްދުތަކަށް އެކުއިޒިޝަން ފީއަކާއި ކުއާޓަލީ ކުއްޔެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން 20 ހެކްޓަރަށްވުރެ ކުޑަ ތަންތަނުން ފެށިގެން 50 ހެކްޓަރާ ދެމެދުގެ ސަރަހައްދުތަކަށް 5 ލައްކަ ޑޮލަރާއި 2 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް އެކުއިޒިޝަން ފީގެ ގޮތުގައި ދައްކަން ޖެހެއެވެ. އަދި އަހަރަކު ހަތަރު ފަހަރު ދައްކަން ޖެހޭ ކުލީގެ ގޮތުގައި ސައިޒަށް ބަލައި 1 ލައްކަ ޑޮލަރާއި 4 ލައްކަ ޑޮލަރާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެއެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް