ފުލުހުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްްޔާތެއްގައި މި ޕޯޓަލް ލޯންޗުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތުއެވެ.
ފުލުހުން ބުނީ މިއަދު އިފްތިތާހުކުރެވުނު ސައިބާ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗްކުުރެވޭނެކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ވަނީ އާ ފީޗާސްތަކާއެކު ޕޮލިސް އެޕްލިކޭޝަން ވެސް އިފްތިތާހުކޮށްފައެވެ. ފުލުހުން ބުނީ ޕޮލިސް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެއްކަމަށެވެ.
އެޕްލިކޭޝަން ހިމެނޭ އެހެން ފީޗަރސްތަކުގެ ތެރޭގައި ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗާސްތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.