ads
އުރީދޫ ފަން ރަން
"އުރީދޫ ފަން ރަން މިއުޒިކް ޝޯ" މިމަހު 18ގައި ބާއްވަނީ
"އުރީދޫ ފަން ރަން މިއުޒިކް ޝޯ" މިމަހު 18ގައި ބާއްވަން އުރީދޫ އިން ނިންމައިފި އެވެ.
Advertisement

އުރީދޫއިން ބުނީ އުރީދޫ ފަން ރަން ފެސްޓިވަލްގެ ތެރެއިން ބާއްވާ މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓަރަލް ޕާކުގައި، މިމަހުގެ 18 ވަނަ ދުވަހުގެރޭ 8:00 އިން 11:59 އަށް ކަމަށެވެ.

އުރީދޫއިން ބުނި ގޮތުގައި މި ފަހަރުގެ ޝޯ، އާންމުންނަށް ހުޅުވާލެވިފައިވާއިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ބޭންޑުތައް މި ޝޯއިން ފެންނާނެއެވެ.

"އޭގެ ތެރޭގައި ޓްރެފިކްޖޭމް، އިކުއެޓިކްސް ވައިބު، ހަބޭސް އަދި ސިމްބޮލިކް ރެކޯޑް ހިމެނެ،" ކަމަށް އުރީދޫން ބުންޏެވެ.

އެ ޝޯ ވާނީ ފަންރަންގެ ބައިވެރިންނަށާއި އާއިލާތަކަށާއި މިއުޒިކަށް ލޯބި ކުރާ އެންމެންނަށް ވެސް ހިތްގައިމު މާހައުލަކަށް ކަމަށް އުރީދޫން ބުންޏެވެ. .

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ ހަރަކާތެކެވެ. 

އުރީދޫން ބުނީ މި އަހަރުގެ އެޑިޝަނަކީ ވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަ ކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓް ކަމަށެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން ކަމަށާއި މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެއް ކަމަށް އުރީދޫއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް