ads
މަސްވެރިން ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މަސްވެރިކަމަށް 4 ލައްކައާ ހަމައަށް ފައިސާ ލިބޭ "މަހަ މަންފާ" ސްކީމް ތައާރަފުކޮށްފި
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، 4 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ގޮތަށް "މަހަ މަންފާ" ގެ ނަމުގައި އާ ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފިއެވެ.
Advertisement

ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން ރަހުނަކާ ނުލައި، 50,000 ރުފިޔާއިން ފެށިގެން 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ. މި ފައިނޭންސިން ދޫކުރަނީ މަސްވެރިންނަށް މި ވަގުތު ދެވެން އޮތް އެންމެ ކުޑަ ރޭޓު ކަމަށްވާ 6 ޕަސަންޓު ރޭޓުގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށްޓަކައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު، ގިނަވެގެން 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ފައިސާ ބޭނުންކުރެވޭނީ މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި، ޕެކޭޖިންއަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން މަސް ރައްކާކުރާނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށެވެ.

މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި، މި ސްކީމްގެ ސަބަބުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކުގެ ފެންވަރު މަތިވެ، ބައިނަލްއަގުވާމީ މާކެޓަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. އެ ކުންފުނީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ފިޝަރީޒް މިނިސްޓްރީއާއި އެ ކުންފުނި ގުޅިގެން ވަނީ ފަރުމަސްވެރިކަމާއި އޮޑިދޯނިފަހަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ ލޯނުތަކެއް ދޫކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް