ކަސްޓަމުން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގި އެ ޝިޕްމަންޓް ބަލާފާސްކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އެ ގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
ކަސްޓަމުން އަތުލައިގެން ވޭޕް ކޮންޓެއިނަރު ބަލާ ފާސްކުރަނީ
ކަސްޓަމުން ބުނީ މި ވޭޕް ކާޓްރިޖަތަކުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. އަދި މީ ވޭފް އެތެރެކުރުން މަނާކުރި ފަހުން ރާއްޖެއަށް ވައްދަން އުޅެނިކޮށް ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓްކަމަށް ވެސް ކަސްޓަމުން ބުނެއެވެ.
ކަސްޓަމުން ބުނީ ވޭޕް މަނާކުރި ފަހުން ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ވޭޕްގެ އަދަދު 66،000 މައްޗަށް އަރާކަމަށެވެ.