ads
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސަކޮށްފައި ވަނީ ދިވެހި މަސްވެރިކަމަށް
ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ޑިސެންބަރު މަސް ޚާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމަށާއި, ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

މިކަމުގެ މައްޗަށް ބިނާކޮށް ދިރާގުން ވަނީ ހާއްސަ ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ.

މި ވީޑިއޯގެ ޒަރިއްޔާއިން ކަނޑު މަހާ ދިވެހިންނާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ޝައުގުވެރިކުރުވާ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފަ އެވެ. 

ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ.

ދިރާގުން ބުނި ގޮތުގައި މި ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ޚާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.

ދިރާގުން ދަނީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް މުހިންމު އިސްކަމެއް ދީގެން މި ފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް