ads
މަސްވެރިންނާއި ބައްދަލުކުރުމަށް ސަރުކާރުން ބޭއްވި މަސްވެރިންގެ ގުންޒަރުގެ ތެރެއިން
48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ އަހަރެއް، 900 މިލިއަން ދޫކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ އެއް އަހަރުގެ ތެރޭގައި 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދަނީ ދެމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10އިން ފެށިގެން މިގޮތަށް މަސްވެރިންނަށް ފައިސާ ދެމުން ގޮސްފައިވާއިރު، މި އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހުގެ ނިޔަަލަށް 58،510 ޓަނުގެ މަހަށް 900،322،300ރ. ދޫކޮށްފައި ވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭގެ ފަހުން އެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން ނިންމީ މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށެވެ. މަސްވެރިންނަށް ފައިސާ ލަސްވާ މައްސަލައިގައި، މީގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން އިހުތިޖާޖުކޮށްފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު 29 ގައި މަސްވެރިންނާއި ކެޔޮޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ.

އެކަމަކު، އެކަން ފުރިހަމަވުން ގުޅިފައި ވަނީ ރައީސް ވިދާޅުވެފައިވާ ގޮތުގައި މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވުމުންނެވެ.

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް