އިއްޔެ ބޭއްވުން ރަސްމީޔާތުގައި ޗައިނާ އިން ރާއްޖޭއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޝިއަންހުއާގެ އިތުރުން ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ފަޔާޒު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން އަދި އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ޓާމިނަލް އިން ޗައިނާ އީސްޓަންއަށް ހިދުމަތްދޭން ފެށުމުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރު ރަސްމީކޮށް ހުޅުވާފައި އެވެ.
ޗައިނާ އީސްޓާން ވީއައިއޭގެ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުމުގެ ތެރެއިން
އަދި އެ އެއާލައިންއިން ފުރި 241 ފަސިންޖަރުންނައް ހަދިޔާ ދިނުމުގެ އިތުރުން އެ ޓާމިނަލް އާއި ކައިރި ކުރި ޗައިނާ އީސްޓަންގެ ފުރަތަމަ ފްލައިޓުން ފޭބި ފަސިންޖަރުންނައް ވަނީ ސަގާފީ ހަރަކާތަކާއި އެކު މަރުހަބާ ކިޔާފައި އެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.