ads
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ހޯދަނީ ފަތުރުވެރިންނަށާއި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށްކަމަށެވެ.


ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝައުގުވެރިވާ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލުމުގެ އިތުރުން ދިވެހިންނަށްވެސް ދަތުރުފަތުރުގެ ހިދުމަތް ދޭން ޖެހޭނެކަމަށްވެސް ޓްރާންސްޕޯޓުން ކުރި އިއުލާންގައިވެއެވެ.

މި ހިދުމަތުގައި ބޭނުންކުރަން ނިންމާ ހެލިކޮޕްޓަރުތަކަކީ 8 އަހަރުވެފައިނުވާ ހެލިކޮޕްޓަރަށް ވާންޖެހޭނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރީން ބުނެއެވެ. އަދި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުއަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި އޮންނަންވާނެކަމަށްވެސް މިނިސްޓަރީން ވަނީ ބުނެފައެވެ.


ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން ކޮންމެ މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ހިދުމަތް ހިލޭ ސަރުކާރަށް ކޮށްދޭން ޖެހޭނެކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.

ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން އެކަން ކޮށްދޭން ބަޔަކު ހޯދަން މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ފުރުސަތު ހުޅުވާލިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް