ads
ކަނޑުމަގު ވަގަށް ވައްދަނިކޮށް އަތުލައިގެން ވޭޕްތައް
ވޭޕްތައް ވެއްދީ ޑިޓާޖެންޓް ފުޅިފުޅީގައި ފޮރުވައިގެން
ކަނޑުމަގުން ރާއްޖެއަށް ވަގަށް ވައްދަން އުޅުނިކޮށް އަތުލައިގެން ވޭޕްތައް އެތެރެކުރީ ޑިޓާޖެންޓް ފުޅިފުޅީގައި ފޮރުވައިގެންކަން އެނގިއްޖެއެވެ.
Advertisement

ކަނޑުމަގުން ރާއްޖެއަށް ވަގަށް ވައްދަން އުޅުނު 10000 ވުރެ ގިނަ ވޭފް ކަސްޓަމުން އަތުލައިގަތީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި ތަކެތި އެތެރެކުރީ ދިވެހިން އާއްމުކޮށް މީހުން ބޭނުންކުރަމުން އަންނަ ޑިޓާޖެންޓް ފުޅިފުޅީގައި ފޮރުވައިގެންކަން ވަނީ އެނގިފައެވެ.

ނެޕީއާއި އެނޫންވެސް ގިނަ އަދަދެއްގެ މުދާ ހުރި މި ޝިޕްމެންޓް އެތެރެކުރީ 2020 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކުންނެވެ.

ކަސްޓަމުން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގި އެ ޝިޕްމަންޓް ބަލާފާސްކޮށްފައިވާކަމަށެވެ.  

މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އެ ގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމުން ބުނެއެވެ. 

ކަސްޓަމުން ބުނީ މި ވޭޕް ކާޓްރިޖަތަކުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. އަދި މީ ވޭފް އެތެރެކުރުން މަނާކުރި ފަހުން ރާއްޖެއަށް ވައްދަން އުޅެނިކޮށް ހިފަހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމެންޓްކަމަށް ވެސް ކަސްޓަމުން ބުނެއެވެ. 

ކަސްޓަމުން ބުނީ ވޭޕް މަނާކުރި ފަހުން ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެން ވޭޕްގެ އަދަދު 66،000 މައްޗަށް އަރާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް