މި ހާދިސާ ހިނގާފައިވަނީ "ދަ ޓުނައިޓް ޝޯ ސްޓަރިން ޖިމީ ފެލަން" ޕްރޮގްރާމްގައެވެ. ލިލީ މި ޝޯގައި ބައިވެރިވީ އޭނާގެ ފިލްމީ މަސައްކަތްތަކާއި، މަޝްހޫރު ސީރީޒް "އެމިލީ އިން ޕެރިސް" އާ ގުޅޭގޮތުން ވާހަކަދެއްކުމަށެވެ.
ޝޯގައި ވާހަކަދައްކަމުން ލިލީ ބުނީ އޭނާގެ މިހާރުގެ ސްޓައިލް ނުވަތަ އިސްތަށިގަނޑު ކޮށާފައިވާ ގޮތަކީ ވިކްޓޯރިއާގެ މަޝްހޫރު "ޕޮޝް ސްޕައިސް" ދުވަސްވަރުގެ ސްޓައިލަށް ބަލައިގެން ގެނައި ބަދަލެއް ކަމަށެވެ. އަދި އޭނާ ހުރީ "ޕޮޝް އެރާ" އެއްގައި ކަމަށް ސަމާސާ ގޮތަކަށް ލިލީ ބުންޏެވެ. މިހެން ވާހަކަދައްކަން އިންދައި ޝޯގެ ހޯސްޓް ޖިމީ ފެލަން ވަނީ ކުއްލިއަކަށް ވިކްޓޯރިއާ ސްޓޭޖަށް ގެނެސް ލިލީއަށް ބޮޑު ސަޕްރައިޒެއް ދީފައެވެ.
ވިކްޓޯރިއާ ފެނުމާއެކު ލިލީއަށް ލިބުނު ހައިރާންކަމާއެކު އުފަލުން ރޮވުނެވެ. އަދި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އޭނާ ބުންޏެވެ. ދެމީހުން ބައްދާލުމަށްފަހު، ކުރީގެ މަޝްހޫރު ފޮޓޯއެއްގައި ހުންނަ ގޮތަށް އެކުގައި ހުއްޓިލިއެވެ. މި ވަގުތުކޮޅުގައި ވިކްޓޯރިއާ ވަނީ ލިލީގެ އިސްތަށިގަނޑު ވަރަށް ރީތިކަމަށް ބުނެ ތައީފުކޮށްފައެވެ. ނަމަވެސް ލިލީ ބުނީ ވިކްޓޯރިއާއަށްވުރެ ފުރިހަމައަށް އެކަން ނުކުރެވޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވިކްޓޯރިއާ ވަނީ އޭނާއަށް "ޕޮޝް" ގެ ނަން ލިބުނު ގޮތުގެ ވާހަކަވެސް ހިއްސާކޮށްފައެވެ. އޭނާ ބުނީ އެ ނަން ލިބުނީ މީރު ކާނާއާއި ރީތި ހެދުންތަކަށް ލޯބިކުރާތީ ކަމަށެވެ. ޝޯގެ ފަހަތުގައި ވެސް ލިލީ އާއި ވިކްޓޯރިއާ ވަނީ މަޖާ ވީޑިއޯއެއް ކުޅެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ލިލީ ފާހަގަކުރެވިފައިވަނީ ކުޑައިރުއްސުރެ "ސްޕައިސް ގާލްސް" އަދި ވިކްޓޯރިއާގެ ވަރަށް ބޮޑު ފޭނެއްގެ ގޮތުގައެވެ.