ads
މަސްވެރިންގެ މުޒާހަރަގެ ތެރެއިން: ފޮޓޯ ޓުވިޓާ މިބޫ
މަސްވެރިންގެ މުޒާހަރާ ރޫޅާލައިފި
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި މާލެ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.
Advertisement

މިއަދު ހެނދުނު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދަށް ގޮސް، ބާރުގެ ބޭނުންކޮށްގެން ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި މުޒާހަރާ ފެށީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުންނެވެ. ނަމަވެސް ސަރުކާރުން ޖަވާބެއް ނުލިބުމުން 49 ދޯންޏާ އެކު މަސްވެރިން ވަނީ މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާއަށް މިސްރާބު ޖަހައި، އެ ސަރަހައްދުގައި އަޑުއުފުލާފައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ، އިމިގްރޭޝަނާ ގުޅިގެންނެވެ. އެގޮތުން ދޯނިތަކުގައި ތިބި ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ފުލުހުން ވަނީ ދެ ދޯންޏެއްގެ ކޮންޓްރޯލް ނަގައި އެ އުޅަނދުތައް ދޫނިދޫއަށް ގެންގޮސްފައެވެ.

ފުލުހުން ބުނި ގޮތުގައި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި މެމްބަރު މައުރޫފް ހިމެނިވަޑައިގަންނަވައެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް