މައުލޫމާތު ލިބިފައިވާ ގޮތުގައި މެސީ ، އިންޑިއާ އަށް ގެނެސްގެން ކުރާ މި އިވެންޓްތައް އޮތީ ރެއިން ފެށިގެން 72 ގަޑިއިރަށް ވަރަށް ބާރު ބޮޑު ޝެޑިއުލަަކަށް ފައްތައިފަ އެވެ.
މެސީ އާއި ބައްދަލު ކުރިން ޓިކެޓް ވިއްކާފައިވަނީ ދިހަ ލައްކަ އިންޑިޔާ ރުޕީސް އަށެވެ.
އެ ސްޓޭޓިއަމް އަށް ދިޔަ ފޭނެއް ބުނިގޮތުގައި އެ މީހުން އެތަނަށް ދިޔައީ މެސީ އާއި އެކު ފޮޓޯއެއް ނަގާލާ މެސީގެ ކުޑަނަމަވެސް ހުނަރުވެރިކަމެއް ފެނާނެ ތޯ ކަމުގައި އެވެ. ނަމަވެސް އެ ސްޓޭޓިއަމް އަށް މެސީ ވަނުމާއި އެކު ވިޔަފާރިވެރިން އަދި އެކި އެކި ސިޔާސީ ވެރިން އޭނާ ވަށާލި ކަމަށާއި ސަޕޯޓަރުންނާއި އެކު ފޮޓޯއެއް ނަގާލާނެ ފުރުސަތެއް ނުލިބުކަމަށް އޭނާ ބުނި އެވެ.
ކަލްކަތާގެ މަޝްހޫރު ދަނޑު، ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެސީ އަށް މަރުހަބާ ކިއުމަށް 80،000 އަށް ވުރެން ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ތިއްބައި، މެސީ، އެ ދަނޑަށް އައިސް، ބައިގަނޑިއިރު ވެސް ނުވަނިސް ދިއުމުން، ގިނަ ސަޕޯޓަރުންތަކެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ދަނޑަށް އަރައި، ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
މެސީގެ މި ދަތުރުގައި، ކަލްކަތާ އިން އިވެންޓްތައް ފެށުމަށް ފަހު، ހައިދަރުއާބާދު، މުމްބައި އަދި ދިއްލީ އަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މެސީ، ތިން ސިޓީއެއްގެ ޗީފް މިނިސްޓަރުންނާއި އެކި ފަންނާނުންނާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުގައި އުުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ބައިވެރިވެ އެވެ.