ads
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރަައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ
މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާކަމަށް ކަނޑައަޅައިފި
މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިހާރު ރ. ދުވާފަރުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރިން އެންމެ މަތީ އަގުގައި ގަންނަމުން އައީ ދޮޅު ކިލޯގެ މަސްކަމަށެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން އެންމެ މަތީ އަގުގައި ގަންނަމުން އަންނާނީ އެއްކިލޯގެ މަސް ކަމަށެވެ. އަދި އެއްކިލޯގެ މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާއަށް ކަނޑައެޅިކަން ރައީސް މުއިއްޒު އިއުލާންކުރެއްވިއެވެ.

" އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް މިފްކޯއިން މާދަމާއި ފެށިގެން ފަށާނެ. މާނައަކީ މިފްކޯއަށް އެ ދުވަހަކު 17 ރުފިޔާއަށް ގަނެވެންޏާ 18 ރުފިޔާއަށް ގަނެވެންޏާ އެބޭފުޅުން އަދި އެއަށްވުރެވެސް މައްޗަށް ގަނަވެއްޏާ މިފްކޯއިން ކަނޑައަޅާނެ އެވަގަުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެމްމެ ދަށްކޮށް 16 ރުފިޔާ. މާދަމާއި ފެށިގެން މިފްކޯއިން މަސް ގަންނާނީ މި ދެނެވި ގޮތަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މަސް ކިރާ ކައްޓާތައް ޑިޖިޓަލައިޒްކުރުމަކީވެސް އެ މަސައްކަތުގެ ދަށުން މިރޭ އިފްތިތާހު ކުރެވުނު ކަމެއްކަމަށެވެ. އަދި އެކަން އެގޮތަށް ފެށުމުން ފައިސާ ސަލާމަތްކުރެވި މަހަށް ދޭ އަގު ބޮޑުކުރަމުން ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. 

މަސް ގަންނަ އެންމެ މަތީ އަގަކީ 20 ރުފިޔާކަމުގައި ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް