އިމިގްރޭޝަނުން ބުނީ މިއީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ނިންމި ކަމެއް ކަމުގަ އެވެ.
ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ހިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން މި ހިދުމަތް ފަށާފައި ވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
އިމިގްރޭޝަންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް އެ އޮފީހުން ބުންޏެވެ.
އަތޮޅުތެރޭގެ ރަށްރަށުން ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބެން ފެށުމަކީ މާލެއަށް ދަތުރުކޮށްގެން ބޮޑު ހަރަދުގައި ޕާސްޕޯޓް ހެދުމަށް ރައްޔިތުން ކުރަމުން އައި ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އުންމީދެއް ހަގީގަތަކަށް ވާނެކަަމަކަށް ސަރުކާރުން ބުނެއެވެ.