ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
އިންޑިއާ މީހެއްގެ ފޮށިން ޑްރަގުސް، ބަންދަށް 2 ދުވަސް، ގިނަ ކަންކަން ފުލުުހުންނަށް ނޭނގޭ
ރާއްޖެއައި އިންޑިއާ މީހެއްގެ ފޮށިން ޑްރަގްސް ފެނިގެން އެމީހާ ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރު 22 އަހަރުގެ ފަސިމް ސަހަފް އޮޑަކުންނަތު ކިޔާ މީހެކެވެ. މި ޒުވާނާއަކީ މުޅިން އަލަށް ރާއްޖެ އައި މީހެކެވެ. 

މީނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކޯޓަށް ގެންގޮސްފައެވެ. ކޯޓުން  އޭނާގެ ބަންދަށް ދެ ދުވަސް ޖަހާދިނުމަށްފަހު ތަހުގީގަށް މިހާތަނަށް ގިނަ ކަންކަން ބެލިފައި ނުވާކަން ބަންދު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. 

ބަންދުގެ މަޖލީހުގައި ވާހަކަ ދައްކަމުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ބުނީ ޑްރަގްސް ފެނުނު ފޮށި ހުރި ޓްރޯލީއަކީ އޭނާ ގެންގުޅުނު ޓްރޯލީއެއް ނޫންކަމަށެވެ.

ފުލުހުން އެ ފޮށި ހުޅުވީ ތަޅުދަނޑި ބޭނުންކޮށްގެން ބުނިނަމަވެސް އެ ފޮށި ހުޅުވީ ހައްޔަރުކޮށްފައިވާ މީހާގެ އަތުގައި އޮތް ތަޅު ދަނޑިންކަމެއް ފުލުހުންނަށް ބުނެދެވިފައި ނުވާކަމަށްް ބަންދު އަމުރުގައިވެއެވެ. އަދި އެ މީހާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެންކަމަށް ފުލުހުން ތުހުމަތުކުރާއިރި ބަންދު އަމުރު ޖަހަން ގެންދިޔައިރު އޭނާގެ ޔޫރިންވެސް ޓެސްޓް ނުކުރާކަމަށް މި މައްސަލައިގެ ތަހުގީގީ އޮފިސަރު (އައިއޯ)  ބުނެފައިއވާކަމަށްވެސް ބަންދު އަމުރުގައިވެއެވެ.   

މީގެ އިތުރުން މި މީހާއަކީ އަލަށް ރާއްޖެއަށް މީހަކަށްވާއިރު އޭނާގެ އަތުގައި އޮތީ ކޮން ވައްތަރެއްގެ ވިސާއެއް ކަމެއްވެސް އައިއޯ އަށް ބުނެދެވިފައި ނުވާކަމަށްވެސް ކޯޓު އަމުރުގައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް