ads
ސްކޭމް މެސެޖުތަކާއި ކޯލުތަކުން މީހުންގެ އަތުން ފައިސާ ފޭރިގަތުން ރާއްޖޭގައި ވަނީ އާންމުވެފައި
ސްކޭމް ކޮށްގެން ރިސޯޓަކުން 250،000 ޑޮލަރު ފޭރިގަނެފި
މަކަރާއި ހީލަތުން، ރާއްޖޭގެ ރިސޯޓަކުން 250،000 ޑޮލަރު ސްކޭމަރުން އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ މި ހާދިސާ ހިންގާފައި ވަނީ މިދިޔަ މަހު ކަމަށެވެ. މި ފައިސާ ސްކޭމަރުން އަތުލައިގެންފައި ވަނީ އެ ރިސޯޓުގެ  ވިޔަފާރި ބޭނުންތަކަށް  ބޭނުންކުރާ ރަސްމީ އީމެއިލް އެކައުންޓެއް ހެކްކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. 

ސްކޭމަރުން އެ ރިސޯޓުން  250،000 ޑޮލަރު (3.8 މިލިޔަން ރުފިޔާ) އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފައިސާ އެމެރިކާގެ ބޭންކެއްގައި ބަހައްޓާފައި ކަމަށާއި އއެ ފައިސާ ހޯދުމަށް ފުލުހުން ވަނީ އިންޓަޕޯލްގެ އެހީ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. 

މީގެއިތުރުން ވިސާ ހައްދައިދޭނެ ކަމަށް ބުނެ، ވަރަށް ފަހުން ބޭރު ބައެއްގެ އަތުން ވެސް ފައިސާ  އަތުލި ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެ މީހުން ރާއްޖެ އައިރުވެސް ވިސާ ހެދިފައެއް ނެތް ކަމަށް  ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް