ads
ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ބައްލަވާލައްވަނީ - ފޮޓޯ/ރައީސް އޮފީސް
ނުފަށާ ޑީބީއެމްއަށް ގިނަ މެނޭޖަރުންތަކެއް ހޯދަނީ، މުސާރަ 45،000ރ
ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް ( ޑީބީއެމް ) އަށް ގިނަ އަދަދެއްގެ މެނޭޖަރުން ހޯދަން އިއުލާންފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ  ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެހެންނަމަވސް މިހާތަނަށްވެސް އެތަން ހިންގަން ފަށާފައެއް ނުވެއެވެ. 

އެ ބޭންކުން މިއަދު ވަނީ އެތަނަށް 10 މެނޭޖަރުން ހޯދަން އިއުލާންކޮށްފައެވެ. މީގެއިތުރުން ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދަންވެސް ވަނީ އިއުލާންކޮށްފައެވެ. 

މި މަގަމުތަކުގެ ތެރެއިން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެގައެވެ. 

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމުގެ ކުރިން ހުށައަޅަން ޖެހޭނެކަމަށް ޑީބީއެމްއިމް ބުނެއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް އައްޔަންކުރީ ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުންނެވެ. 

ބޭންކްގެ ސީއީއޯކަމަށް  އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަނީ  މާ ގިނަ ދުވަސްތަކެއް ނުވަނީސް މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށްވެސް ހުށައެޅިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް