މި ޒުވާނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.
ކުށުގެ ރިކޯޑެއް ނެތް މި ޒުވާނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން އޭނާ ވަނީ ސައުދީ އެމްބަސީ ފުރާޅަށް އެރުމުން އެކަމަށް މައާފަށް އެދިފައެވެ.
އޭނާ ބުނީ އޭނާއަށް އެއީ ސައުދީ އެމްބަސީކަމެއް ނޭގޭކަމަށެވެ. އަދި އެތަނުގައި ސައުދީ އެމްބަސީކަން އެނގޭނެ އެއްވެސް ނިޝާނެއް ހުރިކަން ފާހަގަ ނުވާކަމަށްވެސް މި ޒުވާނާ ކޯޓުގައި ވަނީ ބުނެފައެވެ.
ކުށުން ދިފާއުވާން ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ޒުވާނާ ބުނީ ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނެގުމަށް ކަމަށެވެ. އަދި ފުރާޅަށް އެރިތާ 10 މިނެޓް ތެރޭގައި ފައިބާފައިވާނެ ކަމަށެވެ.
އެ ފުރާޅުން ފޭބީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސް ކުރެވިގެން ކަމަށް ވެސް އެ ޒުވާނާ ކޯޓުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ ޒުވާނާގެ ބަންދަށް 5 ދުވަސް ޖަހާދީފައެވެ.