ads
ސްރީލަންކަން އެއާލައިން އާ ޓާމިނަލް އަށް ބަދަލުކުރުމުގެ ތެރެއިން
ސްރީލަންކަން އެއާލައިންވެސް އާ ޓާމިނަލް އަށް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އަށް ސްރީލަންކާ ގައުމީ އެއާ ލައިން ސްރީލަންކަން އެއާލައިންސްގެ ހިދުމަތް ބަދަލުކޮށްފި އެެވެ.
Advertisement

މިއަދު  މިކަމަށް ހާއްސަކޮށްގެން ބޭއްވުން ރަސްމީޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ސްރީލަންކަންގެ ރާއްޖޭގެ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

އެންމެ ފުރަތަމަ އާ ޓާމިނަލަށް ބަދަލުކޮށްފައިވަނީ މޯލްޑިވިއަން އެވެ. 

ސްރީލަންކަން އެއާލައިން އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 32 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

your imageސްރީލަންކަން އެއާލައިން އާ ޓާމިނަލް އަށް ބަދަލުކުރުމުގެ ތެރެއިން

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހާއި ދިމާކޮށް ހުޅުވި ޓާމިނަލްގައި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ބްރިޖުތަލުގެ ފަސޭހަކަމަކީ ބޯޓުން ފައިބައި ގޮތަށް ޓާމިނަލްގެ ތެރެއަށް ވަދެގެން ދެވުމެވެ. 

މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް