ads
ފުލުހުންގެ ހަރަކާތެއްގެ ތެރެއިން
މާރާމާރީ ހިންގި ފުލުސް މީހާގެ ބަންދު އިތުރުކޮށްފި
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުސް މީހާގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

ވެހިކަލް ޗެކްޕޮއިންޓަކުން ހިފެހެއްޓުމުން މާރާމާރީ ހިންގި ފުލުހަކީ، މ. ކޮޅުފުށްޓަށް ނިސްބަތްވާ، 22 އަހަރުގެ މުހައްމަދު މައުސޫމެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އެއީ،ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ދިޔުމަށް ފަހު އެނބުރި އައިސް، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި މާރާމާރީ ހިންގި ހާދިސާއެކެވެ. އޭނާގެ ބަންދަށް މިއަދުވަނީ 16 ދުވަސް އިތުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މައުސޫމަކީ ފުލުހެއް ކަމަށްވެފައި، އޭނާއަކީ ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަކަށް ޒިންމާ އޮތް މީހެއްކަން ފާހަގަކޮށްފައެވެ. ކޯޓުން ފުރަތަމަ ނިންމީ، އޭނާ ދެ ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށެވެ.

ފުލުހުން ބުނީ އޭނާއަކީ ކޮންސްޓެބުލް ރޭންކުގެ ފުލުހެއް ކަމަށާއި މިއަދުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި ޖިނާއީ ތަހުގީގެއް ކުރިއަށްގެންގޮސް، އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މިދިޔަ ހަފްތާގައިވެސް ފުލުހަކު މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އެއީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އޭނާއަކީ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރުމުގެ އިތުރުން ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ.

އޭނާގެ މައްޗަށް ކުރީ، ސެލޫނަކަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް