ads
ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރު ފެށުމުގެ ކުރިން އޮތް ބައްދަލުވުމެއް
ކައުންސިލް އިންތިހާބު: ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވާދަކުރާނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީއެންސީއިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގެ ކެމްޕޭނު މެނޭޖަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އާއި ހަމައަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު އޮންނާނެކަމަށް ފަލާހު ވިދާޅުވި އެވެ. އެ ޕާޓީން ވަނީ ޕާޓީގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވެފައިވާއިރު މިހާރު ކުރަމުންދަނީ ޕްރައިމަރީގައި ވާދަކުރާނެ ކެނޑިޑޭޓުންގެ ޝަރުތަތައް ހަމަވޭތޯ ބެލުމުގެ މަސައްކަތެވެ. 

ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ވެސް ގިނަ މެންބަރުންތަކެއް ޕީއެންސީއާ ގުޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރައިމަރީ ވެސް މީގެ ތެރޭ ހިމެނުމާ އެކު އަޅުގަނޑުމެންގެ މެންބާޝިޕްގެ އަދަދު މިހާރު 70،000 އިން މައްޗަށް އަރައިފި،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ މަސް ނިމުނު އިރު އެ ޕާޓީގައި ތިބީ 69،000 މެންބަރުން ކަމަށެވެ. ޕްރައިމަރީއާ ދިމާކޮށް ގުޅުނު މެންބަރުންނާ އެކު ޖުމްލަ މެންބަރުންގެ އަދަދު 75،000 އަށް އަރާނެ ކަމަށް ފަލާހު ލަފާކުރެއްވި އެވެ.

ފަލާހު ވިދާޅުވީ، ޕްރައިމަރޫގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަށް އަދި އާންމު މެމްބަރުންގެ އިތުބާރު ލިބޭ ގޮތަށް ކަމަށެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް