ads
ދިރާގުޕޭ ކަސްޓަމަރުންނަށް މި ފަހަރު 1 ރުފިޔާއަށް މެލްޓްޒްގެ ވަފްލްއެއް
ދިރާގު ފިންޓެކުން ދިރާގުޕޭ ކަސްޓަމަރުންނަށް 1ރ. އަށް އެކި ބާވަތްތައް ގަނެވޭ ގޮތަށް ހިންގާ ޕްރޮމޯޝަންގައި މެލްޓްޒްގެ ވޮފުލް ގަނެވޭ ގޮތް ހަދައިފި އެވެ.
Advertisement

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބިގެންދާނީ މެލްޓްޒްގެ 3 ކެފޭ ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް، އަދި މެލްޓްޒް ކްރަމްބަލްގަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުރަތަމަ 500 ކަސްޓަމަރުން ހަމަވަންދެން ކަމަށް ދިރާގުން ވަނީ ބުނެފަ އެެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގު ޕޭއަށް ރާއްޖޭގެ ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރެއް ގެންގުޅޭ ފަރާތަކަށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް