ads
އުރީދޫފަން ރަން ގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯ ތަކެއް - ފޮޓޯ: އުރީދޫ
އުރީދޫ ފަން ރަންގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް
އުރީދޫ ފަން ރަންގެ ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން ފަން ރަން ދުވަހު ހާއްސަ "ލަކީޑްރޯ" އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ އެވެ.
Advertisement

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އުރީދޫ ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޮޓަމެޓިކުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯ އަށް ދެކޮޅު ޓިކެޓް، ފިޓްސް އެއާ ގެ ފަރާތުން ވަނީ ހުށައަޅާފަ އެވެ. މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓް ގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.

މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގަ އެވެ.

ފަން ރަންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބާއްވަނީ ކުޑަކުދިންގެ ހަވީރެކެވެ. މިއަދު ހަވީރު 4 އިން 6 އަށް ބާއްވާ މި ހަރަކާތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ބައިވެރިވާ އެ ހަވީރުގައި ތަފާތު އިނާމުތައް ލިބޭ ގިނަ ގޭމުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ހަރަކާތުގައި ފްރީ ފްލައިން އެސޯސިއޭޝަނުން މަކާއޯ ދޫނިތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އާއިލާތަކަށް އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ ހަވީރެއް ކަމަށް އުރީދޫން ބުންޏެވެ.

ކުޑަކުދިންގެ ހަވީރުގެ އިތުރުން ފަން ރަންއާ ގުޅުވައި، މިރޭ ޒުވާނުންނަށް ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި ޓްރެފިކް ޖޭމާއި އިކުއެޓިކް ވައިބްގެ އިތުރުން ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމް ކުރާނެ އެވެ. އެ ޝޯ އޮންނާނީ އެރޭ 8 އިން 12 އަށެވެ.

އުރީދޫ ފަން ރަން އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭގަ އެވެ. އެއީ އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ހަރަކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް