ads
ޑްރަގާއި ރަލާއި އެކު ހައްޔަރުކުރި ބިދޭސީންތައް
ޑްރަގާއި ރަލާއި އެކު ބިދޭސީންތަކެއް ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ބަނގުރަލާއި މަސްތުވާތަކެތި ހޯދައި ތިން ބީދޭސީން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓިނޯ ގަނެސަން (27އ) އާއި އަރުޖުން ކުއްޕަން (25އ) އަދި  އަނީޝް ޕުޝްޕަކަރަން (33އ) އެވެ. މި ތިން މީހުންނަކީވެސް އިންޑިއާ ރައްޔިތުންނެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ބުނެއެވެ. 

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު މި އެޕާރޓްމަންޓްތަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ 3 ފުޅި އަދި 12 ޓައްޕު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ވަނީ ހަވާލުކުރެވިފައިވާކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް