ads
މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން
އުރީދޫ ފަން ރަން: މިފަހަރު ވެސް ބޮޑު ތަރުހީބެއް
ބޮޑު ތަރުހީބަކާ އެކު އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި "އުރީދޫ ފަން ރަން" ހުޅުމާލޭގައި މިއަދު ހަވީރު ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
Advertisement

މިއަދު ހުޅުމާލޭގައި މި ދުވުން ކުރިއަށް ގެންދިޔައިރު، މިއީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ދުވުމުގެ އެންމެ ފޯރިގަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

މި ދުވުން ހާއްސަ ވަނީ މި ދުވުމުގައި އެކި އުމުރުގެ މީހުންނަށް ހާއްސަ މަޖާ ކަންކަން ހިމެނޭތީ އެވެ. އޭގެ ތެރޭ ކުލަ ޖެހުމާއި، ފެންޖެހުމާއި، އެ ނޫން ވެސް އެކި ކަންކަން ހިމެނެ އެވެ.

ފަން ރަންއާ ގުޅުވައި އުރީދޫއިން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަދި އެ ރޭ މިއުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތައް ކަމަށްވާ ޓްރެފިކް ޖޭމް، ސިމްބޮލިކް ރެކޯޑްސް އަދި ހަބޭސް ބޮޑުބެރު ބައިވެރިވި އެވެ.

your imageފަން ރަން ފެށުމުގެ ކުރިން ބައެއް ވަޒީރުންނާއި އުރީދޫގެ އިސްވެރިން

ފަން ރަންގައި 7،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެ ދުވުން ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އުރީދޫގެ އިސްވެރިންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފެށި މި ދުވުން ފޭސް އެކަކާއި ދޭއްގެ މަގުތަކުން ވެސް ކުރިއަށް ގެންދިޔައިރު، އެކި ހިސާބުތަކުން ކުލަޖެހުން އޮތެވެ. އަދި މި ފަހަރުގެ ދުވުމުގައި ވެސް އުރީދޫން ވަނީ އޮބްސްޓެކަލް ސްޓޭޝަންތައް ބަހައްޓައިފަ އެވެ. މި އޮބްސްޓެކަލް ސްޓޭޝަންތައް މަތިން ކުޑަކުދިންނާއި ޒުވާނުން ދިޔައިރު މިކަން ވީ ވަރަށް ގިނަ ބަޔަކަށް ވަރަށް ބޮޑު މަޖަލަކަށެވެ.

އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބާރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް