ads
އެއާ ފްރާންސުން ވީއައިއޭގެ އާ ޓާމިނަލުން މިއަދު ހިދުމަތް ދޭން ފެށުން - ފޮޓޯ: އެމްއޭސީއެލް
އެއާ ފްރާންސަށް ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި
އެއާ ފްރާންސަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

އެއީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 34 ވަނަ އެއާލައިން ކަމަށް ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުންޏެވެ.

އެއާ ފްރާންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017ގަ އެވެ.

ދުނިޔޭގައި އެންމެ މަޝްހޫރު އެއް އެއާލައިން ސިންގަޕޯ އެއާލައިންސަށް ވެސް އިއްޔެ ވަނީ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފަ އެވެ. 

އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. 

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް