މި ކިނބޫ ހިފާފައި ވަނީ އެ ސަރަހައްދުގައި އުޅުނު "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޫސުން ގޯސް ދުވަސްވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެއަކުން ކިނބޫ ފެނުމުގެ ހާދިސާތައް ހިނގައެވެ.
ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ކިނބޫ އަލުން ރާއްޖެއަށް ނާދެވޭނެހެން، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ގެންގޮސް ދޫކޮށްލުމަށެވެ. އާންމުކޮށް ރާއްޖޭން ފެންނަ ނުވަތަ ހިފާ މިފަދަ ތަކެތި ސިފައިން ގެންދަނީ ރާއްޖެއާ ވީހާވެސް ދުރަށް ގެންގޮސް ދޫކޮށްލަމުންނެވެ.