ads
އޯތެންޓިކް މޯލްޑިވްސް ގެ އުފެއްދުންތައް ދައްކާލަނީ: ފޮޓޯ ބީސީސީ
އޮތެންޓިކް މޯލްޑިވްސްއިން ވިއްކި ދިވެހި އުފެއްދުންތަކުގެ އަގު 45 މިލިއަނަށް
މިއަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ވިއްކި ދިވެހި އުފެއްދުންތަކުގެ އަގު 3 މިލިއަން ޑޮލަރު ނުވަތަ 45 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
Advertisement

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް އިން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި އުފެއްދުންތައް މާކެޓުކޮށް ވިއްކަމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ވިއްކާފައި ވަނީ 26.2 މިލިއަން ރުފިޔާގެ ތަކެއްޗެވެ. މި އަހަރުގެ މިހާތަނަށް އޮތެންޓިކް މޯލްޑިވްސް ބްރޭންޑުގެ ދަށުން 35 ފަރާތެއްގެ އުފެއްދުން ވިއްކާފައިވާއިރު، މީގެ ތެރެއިން 69 ޕަސަންޓު ހިއްސާކުރަނީ އަންހެނުންގެ ވިޔަފާރިތަކެވެ. މި ބްރޭންޑުގެ ފިހާރަތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޖަޕާނާއި ވޯލްޑް ބޭންކުގެ މައި އޮފީހުގައި ވެސް ވަނީ ހުޅުވާފައެވެ.

ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި އަލީބާބާގައި ވެސް މިހާރު ވަނީ އޮންލައިން ފިހާރައެއް ހުޅުވާފައެވެ. މިކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ފަންނުވެރިކަމުގެ އިގްތިސާދު ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސަންޓަށް ގެންދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް