ads
ރައީސް މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ރިޓަޔާޑް މީހުން، މަގާމުގައި ތިބޭއިރު ރިޓަޔާމެންޓް އެލަވަންސް މެދުކެނޑޭ ގޮތް ހަދަނީ
މަގާމަކުން ރިޓަޔާ ކުރުމަށް ފަހު، އެހެން މަގަމާކަށް އައްޔަން ކުރުމުން، އެ ފަރާތްތަކަށް ލިބޭ ރިޓަޔާމެންޓް އެލަވަންސް އެ މަގާމެއްގައި ހުންނަ މުއްދަތެއްގައި މެދުކެނޑޭ ގޮތަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރޭ ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އައްޔަންކުރުމުން، ޚަރަދުތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ރިޓަޔާކޮށްފައިވާ މީހުން އެފަދަ މަގާމުތަކަށް އައްޔަންކުރައްވަނީ އެއީ އަޚުލާގީ ގޮތުން ރަނގަޅު، ނަޒާހާތްތެރިކަން ހުރި، ހިންގުންތެރި، ގާބިލު ބޭފުޅުންނަށް ވުމުން ކަމަށެވެ.

އެކަމަކު ރައީސް މުއިއްޒު ވިދާޅުވީ އެ ބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސްގެ އިތުރުން މަގާމަށް ވަޑައިގަތުމުން ލިބޭ މުސާރަ އެކުގައި ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެެހެން ނަމަވެސް ރިޓަޔާޑު ބޭފުޅުންނަށް ރިޓަޔާޑު އެލަވަންސް ލިބި އަދި މަގާމަކަށް އައިމަ މުސާރަ ލިބި، ހަރަދު ބޮޑޭވަނީ. މިއީ ރަނގަޅު ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަކަމާއި، ހިންގުމުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް