ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ހުޅުވާލައިފި
ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްނުކުރާ، ޒަކާތު މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލަށް ކަނޑައަޅަންޖެހޭ ދެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފި އެވެ.
Advertisement

އެގޮތުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ، ޒަކާތު މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލަށް ކަނޑައަޅަން ޖެހޭ ދެ މެންބަރުގެ މަގާމަށް ވަނީ ހުޅުވާލައިފަ އެވެ.

ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ.

ގާނޫނުގައިވާ ގޮތުން ޒަކާތު ކައުންސިލް އެކުލެވެނީ 9ވަ މެންބަރުންގެ މައްޗަށެވެ.

ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތެއް ކަމުގައިވުން 
  • އިސްލާމީ ޝަރީއާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތައުލީމު ހާސިލުލުކޮށްފައިވުން
  •  ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް