ads
އަކްރަމް
އެކްސްޕާޓެއް ލައްވާ ގެދޮރުވެރިޔާ ޕޯޓަލް ތަހުލީލުކުރަން އެދެފި
ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން، ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޭން ނިންމި ކަމަށް ތުހުމަތުކޮށް، ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން، އެކްސްޕަރޓެއްގެ އެހީގައި ޕޯޓަލް ތަހުލީލު ކުރަން ދައުވާ ލިބޭ ފަރާތްތަކުގެ ދިފާއުގައި ކޯޓުގައި އެދެފިއެވެ.
Advertisement

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އަދި ފްލެޓް ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު އާރިފާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ސުޕަވައިޒަރުން ކަމަށްވާ އަހުމަދު ވިޝާން ނަސީމާއި ޟިރުގާމް ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ދިފާއުގެ ގޮތުގައި އެ މީހުންގެ ފަރާތުންވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމާ އެކު އެ ޕޯޓަލް ބަލަން އެކްސްޕާޓަކަށް ފުރުސަތު ދިނުމަށް އެދިފައެވެ. ޕްރީޓްރަޔަލް ހުށަހެޅުމެއްގެ ގޮތުގައި އެކަމަށް އެދުމުން ދައުލަތުންވަނީ އެކަމަށް އިންކާރުކޮށްފައެވެ. ދައުލަތުން ބުނީ، އެ ޕޯޓަލްއަކީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ޕޯޓަލްއެއް ކަމަށް އެ އެކްސެސް ނުދެވޭނެ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް