ސުތުރާއަކީ ނަމާދުކުރާ މީހާ އާއި އޭނާގެ ކުރިމަތިން ހުރަސްކުރާ ފަރާތާ ދެމެދު ހުރަހެއްގެ ގޮތުގައި ބަހައްޓާ އެއްޗެކެވެ. ސުތުރާގެ މައްސަލާގައި ދާދި ފަހުން ވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއްވެސް ނެރެފައެވެ.
ސުތުރާގެ މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެކި ސިފަ ސިފައިގައި ތަކެތި ހަދޢިގެން މިހުން މިސްކިތަކުގައި ބަހައްޓަމުން އަންނަކަމަށެވެ. އެހެންކަމުން މިތަކެތި ނަގަން އަންގާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫންކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެކަމަށެވެ. އަދި އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުންކަމަށާއި މިގޮތުން ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެންނަކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.