ads
ޓީއެމްއޭގެ ސީޕްލޭން ތަކެއް
ބޮޑެތި އެއާޕޯޓު ނާޅާ ރަށްރަށަށް ވައިގެ ދަތުރުތައް ފެށޭނެ ގޮތެއް ހޯދަނީ
ރަށްރަށުގައި ބޮޑެތި އެއާޕޯޓު އެޅުމުގެ ބަދަލުގައި، ކުދި މަތިންދާބޯޓު ޖެއްސޭނެ އިންތިޒާމު ހަމަޖައްސައި، ރަށްރަށަށް ފަސޭހައިން ވައިގެ ދަތުރުތައް ފެށޭނެ ގޮތްތަކެއް ސަރުކާރުން ދިރާސާކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިކަން ހާމަކުރެއްވީ ޒުވާނުންނާ އެކު ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަފުލާގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ދިނުމުގައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރޭގަނޑު އެ ހިދުމަތް ނުދެވުން ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބިން ހުރި ބޮޑެތި ރަށްރަށުގައި ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއާސްޓްރިޕް ހަދައިގެން، ފުރޮޅު ހަރުކޮށްފައިވާ ސީޕްލޭން ސައިޒުގެ ބޯޓުތައް ޖެއްސޭނެ ގޮތް ހޯދިދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. ނަމަވެސް، ކައިރި ކައިރީގައި ގިނަ އެއާޕޯޓުތައް އެޅުމުން މާލީ ގޮތުން ދެކޮޅު ނުޖެހިދާނެ ކަމުގެ ކަންބޮޑުވުން ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން ފާޅުކޮށްފައިވެއެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު ދިރާސާކުރަމުންދާ ކުދި އެއާސްޓްރިޕްތަކުގެ ސަބަބުން، ބޮޑު ހަރަދެއް ނުކޮށް ރޭގަނޑު ވެސް ވައިގެ މަގުން ރަށްރަށަށް ދަތުރުކުރެވޭނެ ނިޒާމެއް ގާއިމްވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް