ފުލުހުން ބުނީ މި އޮޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މި އޮޕަރޭޝަންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ގާއިމުކޮށް މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ވައްކަމާ ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ ކޮންމެ މީހަކު ވެސް ހުއްޓުވައި ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް އާ އަހަރާ ދިމާކޮށް ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަ އެވެ.