ads
ހަތަރު އަހަރަށް ފަހު ދަރިވަރުން އަލުން ޑިސެމްބަރުގައި ބޮޑު ޗުއްޓީއަށް
ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި، ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފި އެވެ.
Advertisement

ދަރިވަރުންނަށް މިއަދު ސްކޫލްތަކުން ވަނީ ރިޕޯޓް ފޯމު ހަވާލުކޮށްފަ އެވެ. މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ އޭޕްރީލް މަހުގެ 7 ގަ އެވެ. 

ބޮޑު ބަންދަށް ފަހު އަންނަ ދިރާސީ އަހަރު ފަށާނީ އަންނަ މަހުގެ 27 ގަ އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭ އިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޮގަސްޓް 1 ހަމައަށެވެ.

ކުރިން އޮންނަ ގޮތަށް، ދަރިވަރުންނަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ މި ލިބުނީ ހަތަރު އަހަރަށް ފަހު އެވެ. ކުރީގެ ސަރުކާރުން އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ހަދައި ބޮޑު ޗުއްޓީ ބަދަލުކުރުމުން، ބައެއް ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޑިސެމްބަރަށް އަލުން ބަދަލުކުރީ މި ސަރުކާރުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް