ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރާއި ޖެނުއަރީ މަހުގެ ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަމަށް ފުރާނެ ކަމަށެވެ. އެ އުމްރާވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕު މި ހަފުތާގައި ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލް ބަންދާއި ދިމާކޮށް އަބަދުވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އުމްރާއަށް ފުރަ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެއިން ވަރަށް ގިނަ މީހުން ވަނީ ބަންދާއި ދިމާކޮށް އުމްރާއަށް ފުރާފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާއަށް ގޮސްފައިވެ އެވެ.