ރޭޕްގެ ތުހުމަތު އޮތް އެ މީހަކީ އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ އެވެ.
ފުލުހުން މިއަދު ބުނީ އޭނާ އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ފެނިފައި މިވަނީ އޭނާ ހޯދުމަށް އެކި ފަހަރު މަތިން އިއުލާނުކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރަން ވެގެން ކަމަށް ފުލުހުން ބުންޏެވެ.