ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަހުމަދު އަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ މުހައްމަދު އާދިލް (57އ) ކަމަށެވެ.
މި ދެމީހުންގެ ތެރެއިން އަހުމަދު އަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަދި މުޙަހައްމަދު އާދިލް ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.