ހާފިޒުންގެ ދަސްވެނިވުމުގެ މި ހަފްލާއަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ފަހު ދިހައެއްގެ ތެރޭގައި ހިމެނޭ، 27 ވިލޭރޭ ބޭއްވުމަށް ކަނޑައަޅާފައިވާ ހަފްލާއެކެވެ.
މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށް، އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ވަގުތު ހަތް ކުއްޖަކު އިމްތިހާނު ހަދަމުން އަންނައިރު، އިތުރު ކުއްޖަކު އިމްތިހާނަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ދަސްވެނިވެފައި ވަނީ 24 ހާފިޒުންނެވެ.
ހާފިޒުން ދަސްވެނިވުމުގެ ހަފްލާ އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އަންނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 42 ހާފިޒަކު ހާސިލްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.