ads
ފިނޭންސް މިނިސްޓްރީ
ދައުލަތުގެ އާމްދަނީ 36.9 ބިލިއަން ރުފިޔާއަށް އަރައިފި، ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް
މި ހިނގާ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ އަދަދު 36.9 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާގޮތުން މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.5 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 33 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއިންނެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 27.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 74 ޕަސަންޓެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ޖުމްލަ އާމްދަނީގެ 25 ޕަސަންޓެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ޓެކްސް އާމްދަނީ 2.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ޓެކްސް ނޫން އާމްދަނީ ވެސް ވަނީ 1.6 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 611.6 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 301.5 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް